ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ބާއްވާ ތާރީހު އިއުލާންކޮށް ބައިވެރުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ 17 ގެ ނިޔަލަށް ކަމަށެވެ. އަދި ބައިވެރިން ރަޖިސްޓްރީ ކުރަން ހަމަޖެހިފައިވަނީ ވަންގަވް މެދުވެރިކޮށް ކަމަށެވެ.
މިއަހަރުގެ ގައުމީ ޤުރްއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
މިއީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ބައިވެރިން ރަޖިސްޓްރީ ކުރާ ލިންކު: https://one.gov.mv/entities/CHQ