ޚަބަރު ރާއްޖެ

ވީޑިއޯއެއް ހަދައިގެން 12000 ރުފިޔާ ހޯދުމުގެ ފުރުސަތު

ވީޑިއޯއެއް ހަދައިގެން 12000 ރުފިޔާ ހޯދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

 

ޒުވާނުންނަށް އަމާޒުކޮށް ހުޅުވާލި މި މުބާރާތުގެ މަގުސަދަކީ ޒުވާނުންގެ ހުނަރު އިތުރު ކުރުމާއި ޒުވާނުން ބާރުވެރިކުރުވުމެެވެ.

 

މިއީ "އެންމެން އެކުގައި ސާފު އަދި ރައްކާތެރި މުޖްތަމަޢެއް ބިނާ ކުރުން" މި ޝިއާރުގެ ދަށުން 1 މިނެޓާއި 2 މިނެޓާއި ދޭތެރޭގެ ވީޑިއޯއެއް ހެދުމަށް ފަހު، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކްގައި ޕޯސްޓް ކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.

 

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވަނަތައް ހޮވުމުގައި ބަލާނީ އެންމެ ގިނަ ފަރާތްތަކުން އެ ވީޑިއޯއެއް ޝެއަރ ކޮށްފައިވާ ފަރާތަތްތަކަށް ކަމަށް ވިދާޅުވިއެވެ.

 

މި މުބާރާތުގައި ފައިސާގެ އިނާމްތަކާއި އެހެނިހެން އިނާމްތައް ހުށަހެޅިފައިވާއިރު، މުބާރާތަށް ހުށަހަޅާ ވީޑިއޯތައް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އެކި މީސްމީޑިއާ މަންސަތަކުގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވީޑިއޯތައް ޝެއަރ ކުރަން ވާނީ މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ހޭޝްޓެގް ބޭނުން ކޮށްގެން ކަމަށް ވަނީ ހާމަކުރައްވާފައެވެ.

 

އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަށް ވީޑިއޯ ޕޯސްޓް ކުރުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ.

 

 


  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް