'މަވައްދަތު' ސިލްސިލާގެ ހަތަރު ވަނަ ފޯރަމް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ފޯރަމް އޮންނާނީ މާދަމާ ރޭ 8 ން 10:30 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދާ މި ފޯރަމްގައި މާދަމާ ރޭ އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ 'ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް' މި މައުޟޫއަށެވެ. ފޯރަމްގައި ބައިވެރިވެލައްވާނީ އައްޝައިޚް ނިމާލު މުޙައްމަދު، އައްޝައިޚް އަޙްމަދު މަޢުސޫމް އަދި އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.
މި ސިލްސިލާގެ ތިން ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ "ކައިވެނީގެ ކުރިން" މި މައުޟޫއުއަށެވެ. އަދި ދެވަނަ ފޯރަމްގައި "ކައިވެންޏަށް ތައްޔާރުވުން" މި މައުޟޫއުއަށް އަލިއަޅުވާލާފައިވާއިރު، ތިންވަނަ ފޯރަމް ކުރިއަށްގެންދިޔައީ "ކައިވެނި ކުރެވުމާއެކު" މި މައުޟޫއަށެވެ.