ބޭރުދުނިޔެ

ކެނެޑާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިސްތިއުފާ ދެއްވައިފިއެވެ.

 

ބޭރުގެ ޚަބަރުތައް ބުނާގޮތުގައި އޭނާ ވަނީ ލިބަރަލް ޕާޓީގެ ލީޑަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އެ ޕާޓީއަށް އައު ލީޑަރަކު އައްޔަންކުރައްވަންދެން ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަން ނިންމަވާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

 

ޓްރޫޑޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާފައި މިވަނީ ލިބަރަލް ޕާޓީގެ ލީޓަރުގެ މަގާމުގައި 10 އަހަރު ހުންނެވުމަށްފަހުއެވެ. އޭނާ ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކުރާނެ ކަމަށެވެ.

 

ޓްރޫޑޯ އިސްތިއުފާ ދެއްވާފައިމިވަނީ އެގައުމުގެ ރައްޔިތުން އޭނާގެ އިސްތިއުފާއަށް ވެސް ގޮވަމުންދާ ދުވަސްވަރެއްގައެވެ. އަދި އިތުބާރު ނެތް ކަމުގެ ސިލްސިލާ ވޯޓުތަކެއް ވެސް ވަނީ ނަގާފައެވެ.

 

އެހެންނަމަވެސް އެ ހުރިހައި ވޯޓަކުން ޓްރޫޑޯ ސަލާމަތްވެވަޑައިގެންނެވިއިރު، މަގްބޫލުކަން އެންމެދަށްވީ ދަށަށްދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލޭންޑް، ޓްރޫޑޯއާ ދެކޮޅަށް ކެބިނެޓުގެ ތެރެއިން ފާޅުގައި ޚިޔާލު ތަފާތުވެވަޑައިގަތް ހިސާބުންނެވެ.

 

 

ކޮމެންޓް