ޚަބަރު ބޭރުދުނިޔެ

ނޮބެލް ސުލްހައިގެ އިނާމު ހޯދުމަށް ޓްރަމްޕު ކުރި އުއްމީދުތައް ފެނަށް!

ނޮބެލް ސުލްހައިގެ އިނާމު ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ކުރި އުއްމީދުތައް ނާކާމިޔާބުވެއްޖެއެވެ.

 

މިކަމާއިގުޅިގެން އެ އިނާމުދޭ ކޮމިޓީއަށް ވަަރަށްބޮޑަށް ފާޑުކިޔާ ޓްރަމްޕުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ އިނާމު ކޮމެޓީން ވަނީ ވަކިފަރާތަކަށް ބުރަވެފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި އެކަން ކުށްވެރިކޮށް އެއީ ވަކިފަރާތަކަށް ޖެހުންކަމުގައި ވެސް ފާހަގަކޮށްފައި ވެއެވެ.

 

ޓްރަމްޕު، ނޮބެލް ސުލްހައިގެ އިނާމަށް ހުށަހެޅީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނެެވުމަށް ކުރައްވަމުން ގެންދަވާ މަސަައްކަތްތަކާއި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ލިސްޓެއް މީސްމީޑިއާގައި ޝާއިއު ކުރައްވާފައެވެ.

 

އެ ލިސްޓުގައި މި އަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމުގެ މޭސްތިރިއަކީވެސް އޭނާ ކަމުގައި ފާހަގަކޮށްފައި ވެއެވެ. އަދި ވެރިކަމުގައި ޔަހޫދީންނާއި މުސްލިމް ގައުމުތަކާ ދެމެދު ގުޅުން ގާއިމު ކުރުމަށް 'އިބްރާހީމް މުއާހަދާ' އެކުލަވައިލެއްވިކަން ވެސް ފާހަގަކުރެއްވިއެވެ.

 

ޓްރަމްޕުގެ މި ބަޔާނާއި ގުޅިގެން ނޮބެލް ކޮމިޓީގެ އިސްވެރިޔާ ޔަރްގަން ވަތުން ފްރީޑްނެސް ވިދާޅުވެފައިވަނީ އެ ކޮމިޓީގެ ޒިންމާއަކީ އިނާމު ލިބޭ ފަރާތް ކަނޑައެޅުން ކަމަށެވެ. އަދި އިނާމު ދީފައިވާނީ އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި ކަމަށެވެ.

 

ނޮބެލް ސުލްހައިގެ އިނާމުލިބިފައިވަނީ ވެނެޒުއެލާގެ މާރިޔާ ކޮރީނާ މަޗާއޯއަށެވެ. އޭނާއަކީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީގެ ލީޑަރެެވެއޭނާ އަށް އިނާމު ލިބުނީ ވެނެޒުއެލާއިން ހުދުމުހުތާރުކަން ފޮހެލުމަށް އޭނާ ކުރައްވަމުންދާ މަސައްކަތަށެވެ.

 

ކޮންމެ އަހަރަކު ވެސް ދޭ ނޮބެލް ސުލްހައިގެ އިނާމަކީ ފާއިތުވި އަހަރުގެ ތެރޭގައި ސުލްހަ ގާއިމް ކުރުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ދޭ އިނާމެކެވެ. މި އަހަރުގެ އިނާމު ދެނީ 2024 ވަނަ އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށެވެ.

 


  • އެމެރިކާ
  • ކޮމެންޓް
    އަތޮޅޭ
    ތިޔަ މީހާ އަށް އެއްވެސް އެއްޗެއް ދޭނެކަމެއް ނެތް. ދޭންވީ އެއްޗަކީ އަދަބު... މުސްލިމުންގެ ނަސްލު ނައްތާލަން އެހިންގާ ޖަރީމާގެ އަދަބު. އެއީ މަރާލުން