މިއަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑް ދީފިއެވެ.
މި އެވޯޑު ދީފައިވަނީ ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމްއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުންކަމަށް ދޭ "މޯލްޑިވްސް ޓުއަރިޒަމް އެވޯޑް" ހަފްލާގެ ތެރެއިން ޖުމްލަ 8 ފެސިލިޓީއަކަށް 10 އެވޯޑެއް ވަނީ ދީފައެވެ. އޭގެތެރޭގައި ޓޫރިސްޓް ރިސޯޓުތަކާއި، ޓޫރިސްޓް ހޮޓެލްތަކާއި، ޑައިވް ސެންޓަރުތަކާއި، ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ހިމެނެއެވެ.
މިނިސްޓަރ ޠާރިޤު ވިދާޅުވީ ކުރިއަށްއޮތްތަނުގައި މި އެވޯޑަށް ކެޓެގަރީތައް އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އޭގެތެރޭގައި ވިމެން އެމްޕަވަރމެންޓް، ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ މަސައްކަތްތައް ކުރާ ފަރާތްތައް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އިންޑިވިޖުއަލް ފަރާތްތަކަށް ޚާއްސަ ކެޓެގަރީއެއްވެސް ތައާރަފްކުރަން ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.
މިއަހަރު އެވޯޑު ދީފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުން ފައިބެއަހަރުގެ މެއި މަހުގެ ނިޔަލަށް އެވޯޑްތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށެވެ.