ޚަބަރު ރާއްޖެ

މިހާރު ފެންނަން ހުރި ޓަރމިނަލްގެ މޭސްތިރިއަކީ ރައީސް ޑރ. މުއިއްޒު: ޝަރީފް

މިހާރު ފެންނަން ހުރި އައު ޓަމިނަލްގެ މޭސްތިރިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

 

'ޕީއެސްއެމް' ގެ ހޭޔަންބޯ ގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލް ހުޅުވުމަށް ގާތްވެފައިވާއިރު، މި މަސައްކަތަކީ ކުރީސަރުކާރުތަކުން ފެށި މަސައްކަތަކަށް ވިޔަސް މި މަސައްކަތަށް ދިރުން ގެނެސްދެއްވީ ރައީސް ޑރ. މުއިއްޒުކަން ފާހަގަކުރައްވާފައެވެ.

 

ކުރީ ސަރުކާރުން މި މަސައްކަތް ކުރިއިރު، އައު ޓަރމިނަލަށް ބޭނުންވާ މިންވަރަށް ކަރަންޓް ކެޕޭސިޓޯއެއް ނެތްކަން ފާހަގަކުރައްވައި، ވަނީ ރައްޔިތުންނަށާއި ގައުމަށް މަންފާ ކުރުވަނިވި ތަނަކަށް ވީއައިއޭގެ އައު ޓަރމިނަލް ހައްދަވައިދެއްވި މޭސްތިރިއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެފައެވެ.

 

އޭނާ ވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި ރައްޔިތުންނަށް އެތައް ފައިދާއެއް ލިބޭނެ ކަމަށާއި އެކަމާ މެދު ވިސްނާލުމުން ވާ އިހްސާސަކީ ލޮލުން ކަރުނަ އަންނަހާ ފޮނި އިހުސާސެއް ކަަމަށް ވެސް ވިދާޅުވެފައެވެ.

 


  • ވީއައިއޭ
  • އެމްއޭސީއެލް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް