ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ދެ ކައުންސިލެއްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.
އެމަނިކުފާނު ބައްދަލުކުރެއްވީ ކޮޅުމަޑުލު ބުރުނީ ކައުންސިލާއި ހައްދުންމަތީ އިސްދޫ ކައުންސިލާއެވެ.
ބުރުނީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރަށުގައި ލޯކަލް ޓޫޒަމް ކުރިއެރުވުމާއި ރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ތ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާއި ހަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރ އިނާޒު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
އިސްދޫ ކައުންސިލާއެކު ސްޓެލްކޯ ޓްރެއިނިންގ ރޫމުގައި ބޭއްވި ބައްދަލުވުމުގައި އިސްދޫއާއި ކަލައިދޫ އެއްރަށެއްގެ ގޮތުގައި ހަމަޖެއްސުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަައެވެ.
މިބައްދަލުކުރެއްވުމުގައި ވެސް ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ލ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާއި ހަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރ އިނާޒު އަލީ ބައިވެރިވެވަޑައިނެވިއެވެ.