ޚަބަރު ރާއްޖެ

މި މަހު 29 ގައި ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

މާލެ ސިޓީ ކައުންސިލުން، ރައްޔިތުންނާ ބައްދަލުކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ޕްރޮގްރާމު މިމަހު 29 ގައި ބޭއްވުމަށް ނިންމައިފިއެވެ.

 

މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 29 ޖުލައި ވާ އަންގާރަ ދުވަހުގެ ރޭ 8:30 ގައި މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ) ގައި ކަމަށެވެ. އަދި މީގެކުރީގެ ބައްދަލުވުންތަކެކޭ އެއްފަދައިން މި ބައްދަލުވުމުގައި ވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދޭން ބޭނުންވާ ހިޔާލުތަކަށް ފުރުސަތު ހުޅުވައިލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން މި ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ވެސް ރައްޔިތުންނާއި ހިއްސާކުރާނެކަމަށް ވިދާޅުވިއެވެ. ހަމަމިއާއެކު ވީހައި ވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެ، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތާއި ދެމުންދާ ހިދުމަތާ މެދު ބިނާކުރަނިވި ހިޔާލު ހުށަހެޅުމަށް ވަނީ ދައުވަތު އަރުވާފައެވެ.

 

ރައްޔިތުން ހުށަހަޅުއްވާ، ބިނާކުރަނިވި ހިޔާލު ވެގެންދާނީ މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތާއި، ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަވުމަށް ލިބިގެންދާނެ ބާރެއްކަމުގައި ވެސް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް