ޚަބަރު ރާއްޖެ

9 ބިދޭސީން ޗެކްކޮށް، އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންގައި އަނެއްކާ ވެސް ބިދޭސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

 

މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ރެއިޑްތަކެކެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯސް އިން އިއްޔެ ހަވީރު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

 

މި ރެއިޑުގައި މާލޭގެ ކެފޭއެއް ބަލައި ފާސްކޮށް 09 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

 

އިމިގްރޭޝަނުން ކުރިއަށްގެންދާ މިފަދަ އޮޕަރޭޝަންތަކުގައި ގިނައަދަދެއްގެ ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެފަދަ ބައެއް ފަރާތްތައް ވަނީ ޑީޕޯޓުވެސް ކޮށްފައެވެ.

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ކޮމެންޓް