ޚަބަރު ރާއްޖެ

ބޮޑުވަޒީރު މޯދީ އަށް ދިވެހި ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފިއެވެ.

 

މިރަސްމިއްޔާތަށް އެމަނިކުފާނު، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން ރަސްމީކޮށް މަރުހަބާ ދެންނެވީ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މަރުހަބާ ދެންނެވުމުގެގޮތުން އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމަކާއި އެމަނިކުފާނުގެ ޝަރަފުގައި21  ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދިވެހި އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެއެވެ.

 

ބޮޑުވަޒީރު މޯދީގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވާފައިވާއިރު، ބޮޑުވަޒީރު މޯދީއަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްހަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމާއި އިންޑިއާ ވަފުދުގެ ބޭފުޅުން ތައާރަފުކޮށްދެއްވުން ވެސް އޮތެވެ.

 

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގަތީ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށެވެ. މިއީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

 

 


  • އިންޑިއާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް