ޚަބަރު ރާއްޖެ

ރައީސް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން ލާމަރުކަޒީ ނިޒާމާއި ރައްޔިތުން ބާރުވެރިކަން އިތުރުވާނެ: މިނިސްޓަރ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ލާމަރުކަޒީ ނިޒާމާއި ރައްޔިތުން ބާރުވެރިކަން އިތުރުވާނެކަމުގައި ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

 

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައިި ވަނީ މިދަތުރުފުޅުން ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް އެމަނިކުފާނު ބާރުއަޅުއްވާ މިންވަރު ހާމަވިކަމަށެވެ. އަދި އެންމެބޮޑަށް ފާހަގަވީ ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ރަށްރަށުގައި ހިންގުމަށް ރޭވިފައި ހުރި މަޝްރޫއަކަށް ރައްޔިތުން އެދޭގޮތަށް ބަދަލުގެނެސްދެއްވައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް އެމަނިކުފާނު ބާރު އަޅުއްވާކަން، ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން މިއީ، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާއި ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް ބާރުއަޅުއްވާ މިންވަރު ހާމަވާކަމެއްކަމުގައި ވެސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިމަގުގައި ރާވައި ހިންގުމުގައި ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދުމުގެ މަފުހޫމަށް އިތުރަށް ސަމާލުވުމަށް އިތުރަށް ހިތްވަރު ލިބިގެންދިޔަ ދަތުރެއް ކަމަށް ވެސް ވިދާޅުވިއެވެ.

 

ރައީސް ޑރ. މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވިއެވެ. އަދި ރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ރަށުގެތަރައްގީއަށް ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

 


  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް