ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދެއްވާ ދީލަތި އެހީއަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފިއެވެ.
އެމަނިކުފާނު ޝުކުރު އަދާކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި ދެ ގައުމުގެ ރަސްމީ މަޝްވަރާތަކުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި މަޝްވަރާތަކުގައި ރައީސް ވަނީ އިގުތިސާދީ ތަރައްގީ، ދިފާއީ ދާއިރާ، ވިޔަފާރި އާއި ވުނަކުރުން، އަދި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އެއްގައުމު އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް މަޝްވަރާކުރައްވާފައިވެއެވެ.
ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ނިންމާލާފައިވަނީ ގާބިލުކަން އިތުރުކުރުމާއި ސިއްހީ ދާއިރާ އާއި، ފަތުރުވެރިކަން އަދި ކުޅިވަރުގެ ދާއިރާ ހިމެނޭހެން ދެގައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމަށް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.