ޚަބަރު ރާއްޖެ

ވީއައިއޭގެ އައު ޓަރމިނަލް މިރޭ ހުޅުވަނީ – ގިނަ ސަރަހައްދުތަކެއްގައި ހަވާއަރުވާނެ

ވީއައިއޭ އައު ޓަރމިނަލް - ފޮޓޯ: ކުޑޭ

ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓަރމިނަލް މިރޭ ހުޅުވުމަށް ތައްޔާރުވެފައިވާއިރު، ގިނަ ސަރަހައްދުތަކެއްގައި ހަވާއެރުވުން އޮންނާނެކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައިފިއެވެ.

 

އެ އިދާރާ އިން ވިދާޅުވީ މި މުނާސަބަތާއި ގުޅިގެން މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި ހަވާއަރުވާނެ ކަމަށެެވެ. އަދި 6 މިނެޓު ވަންދެން ހަވާއެރުވުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.

 

މީގެއިތުރުން އައު ޓަރމިނަލް ހުޅުވުމުގެ މުނާސަބަތުގައި ޑްރޯން ޝޯވއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލް އިން ވަނީ ވިދާޅުވެފައެވެ.

 

ވީއައިއޭގެ އައު ޓަރމިނަލް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ އެންމެ މަތީ ފެންވަރުގައި ހިދުމަތް ދިނުމަށެވެ. މި ޓަރމިނަލުން އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެއެވެ. އަދި މިހާރު ބޭނުންކުރާ ޓަރމިނަލަށް ވުރެ ޖާގަބޮޑު، ވިޔަފާރިތައް ވެސް އިތުރުކޮށްފައިވާ އައު ޓަރމިނަލާއެކު ރާއްޖޭގެ އިގުތިސާދަށް ވަންނަ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ.

 


  • ވީއައިއޭ
  • އެމްއޭސީއެލް
  • ކޮމެންޓް