ޚަބަރު ރާއްޖެ

ހަވާއެރުވުމާ ޑްރޯން ޝޯވ އަށްވުރެ މުހިންމީ ރައްޔިތުންނަށް ވީ ވައުދު ފުއްދުން: ރައީސް ޔާމީން

ހަވާއެރުވުމާއި ޑްރޯން ޝޯވ އަށްވުރެ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން މާބޮޑަށް ވެސް މުހިންމު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަށް އިޝާރާތްކުރައްވައެވެ.

 

އެހާ ބޮޑު ހޭދައެއް ކުރުމުން ސަރުކާރަށް ނުރުހުން އަމާޒުކުރައްވައި، ޕީއެންއެފް ޖަލްސާގައި އެމަނިކުފާނު ވަނީ ރައްޔިތުން މިއަދު ތިބީ ވަރަށް އާންމު ހާލަތު ދަށްކޮށް ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އައު ޓަރމިނަލް ހުޅުވާއިރު، ޝޯއަކުން ރައްޔިތުންނަށް ލިބޭނެ އުފަލެއް ނެތް ކަމަށް ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.

 

މީގެއިތުރުން މިނިވަންކަން ރާއްޖޭގައި އޮތް ނަަމަވެސް، އެ ހާލުގައި އުޅޭ ރައްޔިތު މީހާއަށް އެއީ އުފާވެރިކަމަށް ނުވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ހާލުގައި އުޅޭ މީހާއަށް މިހާރު މިނިވަން ދުވަސް ދުވަސް އޮތަސް، ނެތަސް މައްސަލަކަށް ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

 


  • ރައީސް ޔާމީން
  • ޕީއެންއެފް
  • ވީއައިއޭ
  • އެމްއޭސީއެލް
  • ސިޔާސީ ޕާޓީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް