ޚަބަރު ރާއްޖެ

މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތަކާއި ހިދުމަތްތައް ރައްޔިތުން މިހާރުބަލައިގަނޭ: މޭޔަރ

މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތަކާއި ހިދުމަތްތަކާ މެދު، ރައްޔިތުން ކުރަމުންދިޔަ، ނާ އުންމީދީ ތަސައްވުރު މިހާރު ބަދަލުކުރެވިފައިވާކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަނީ އެމަނިކުފާން މާލެ ސިޓީގެ މަސައްކަތާ ހަވާލުވިއިރު، ރައްޓެހިންނާއި ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ފަރާތުން ވެސް، އޮހެމުން ދިޔައީ މުޅިންހެން ޝަކުވާ ކަމަށެވެ. އަދި ބަލަމުން އައީ ޝައުގުވެރިކަމެއް ނެތި، ވައްކަޅިން ކަމަށެވެ.

 

" މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތަކާއި ޚހިދުމަތްތަކާ މެދު، ކުރަމުންދިޔައީ ނާ އުންމީދީ ތަސައްވުރެއް."

 

މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭ ކޮށީ) ގެ ގޯތި ތެރޭގައި ބޭއްވި މި ބައްދަލުވުމުގައި މޭޔަރު އިތުރަށް ވިދާޅުވީ މި ދައުރުގެ އެންމެ ފަހު އަހަރުގެ، ފުރަތަމަ ހަމަސް ނިމިގެންދާއިރު، ރައްޔިތުންނާ ގާތުން ހިދުމަތްތަކެއް ފޯރުކޮށްދެވިފައިވާކަމުގެ، ހިތްހަމަޖެހުމާއި އެ އުފާވެރި ޝުއޫރުތައް ރައްޔިތުންގެ ފަރާތުން ލިބެމަކީ އުފާކުރައްވާކަމެއް ކަމުގައެވެ.

 

މީގެއިތުރުން ރައްޔިތުންގެ ޝަކުވާތައް ގުޅިފައިހުންނަނީ މާލޭގައި ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކުރިމަތިވާ އުނދަގޫތަކާ ކަމަށާއި އެގޮތުން މަގުތަކުގެ ކާނުތައް ސާފު ނުކޮށްހުރުމުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުން އެއީ، ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރެއްވިއެވެ.

 

އެހެންނަމަވެސް ކާނުތައް ސާފުކުރުމަށް ފެށި ހާއްސަ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިޔަށް ގޮސް، މިހާރު ނިމުމަކާ ކައިރިވެފައިވުމުން ވާރޭވެހޭ ކޮންމެ ފަހަކު، ކުރިން މާލޭގެ މަގުތަކުގައި ފެން ބޮޑުވާގޮތަށް މިހާރު ފެން ބޮޑު ނުވާނެކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް