ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އައްޔަނުކޮށްފިއެވެ.
ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި މިހައިތަނަށް ހުންނެވި ޒުހައިރަކީ އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް 2023 ވަނަ އަހަރުގެ ނޮވެންބަރު 29 ވަނަ ދުވަހު އައްޔަންކުރެއްވުނު ބޭފުޅެކެވެ.
މީގެއިތުރުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް މއ. އެލީޒިއަމް އިބްރާހިމް ނަޘީމް ވަނީ އައްޔަނުކުރައްވާފައެވެ.
ނަޒީމް މިއަދާއިހަމައަށް ހުންނެވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އެމަގާމަށް ނަޒީމް އައްޔަންކުރެއްވީ 21 ނޮވެމްބަރ 2023 ގައެވެ.