ޚަބަރު ރާއްޖެ

ސިވިލް ސަރވިސް ވިޔަސް ސިޔާސީ މުވައްޒަފުން ވިޔަސް މަސައްކަތްކުރަންވަނީ އެއް އަމާޒަކަށް

ސިވިލް ސަރވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން ވެސް މަސައްކަތްކުރަންވަނީ އެއް އަމާޒަކަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.

 

ނާސިހު މިހެން ވިދާޅުވީ މލޯކަލް ގަވަރމެންޓް މިނިސްޓްރީން ބޭއްވި "އަހަރު މެދު މުރާޖާ 2025" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކައިގައެވެ.

 

މި ރަސްމިއްޔާތުގައި ނާސިހު ދެއްކެވި ވާހަކައިގާ ކުރެވޭ މަސައްކަތްތައް މުރާޖާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ރާވާ ކަންކަން ހާސިލްނުކުރެވުނު ސަބަބުތައް ދެނެގަތުމަކީ އެހައިމެ ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ސެކްޝަން ނުވަތަ ޑިޕާޓްމެންޓްތަކުގެ މަސައްކަތްތައް ވެސް ދޭތެރެދޭތެރެއިން ރިވިޔުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

 

ނާސިހު ވަނީ ސިވިލްސަރވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ގެނެސްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް، އެމަނިކުފާނަށް ޝުކުރުއަދާކުރައްވާފައެވެ.

 


  • ސީއެސްސީ
  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް