ޚަބަރު ރާއްޖެ

އެޗްޑީސީގެ ޑީއެމްޑީ އިސްތިއުފާދެއްވައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު އިސްތިއުފާ ދެއްވައިފިއެވެ.

 

ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ގިނަދުވަސްތަކެއް ވަންދެން އެޗްޑީސީގައި އުޅުއްވި ފަޔާޒް އެ ކުންފުނީގެ ޑީއެމްޑިގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ. އަދި އޭނާ އިސްތިއުފާދެއްވީ މިއަދުއެވެ.

 

އޭނާ އިސްތިއުފާދެއްވާފައިވާއިރު، އެޗްޑިސީގެ އެމްޑީ މުޙައްމަދު މަޢުރޫފް ޖަމީލް ވެސް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން ޕީސީބީން ވަނީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު ވަނީ އައްޔަންކުރައްވާފައެވެ.

 


  • އެޗްޑީސީ
  • ކޮމެންޓް