ޚަބަރު ރާއްޖެ

އިމިގްރޭޝަންގެ ރެއިޑެއްގައި 25 ބިދޭސީން

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި، ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑްގައި އިތުރު ބިދޭސީންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ ޓާސްކް ފޯސްއިން މިއަދު ހެނދުނު މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ކަމަށެވެ. އަދި ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކޮމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

 

އެ އިދާރާ އިން ގެންދަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓުކުރަމުން ވެސް ދެއެވެ.

 

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ކޮމެންޓް