މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތަފްސީލު ވަރަށްއަވަހަށް ހާމަކުރައްވާނެ ކަމުގައި މޭޔަރ އާދަމް ޢާޒިމް ވިދާޅުވެެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ އެކައުންސިލުން ކުއްޔަށް ދޫކޮށްފައިހުރި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މީހުންނާއި ބޭނުމާއި ކުލި ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. އަދި އެތަންތަން ދޫކޮށްފައިވާ މުއްދަތު ވެސް ހާމަކުރައްވާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭ ކޮށީ) ގެ ގޯތި ތެރޭގައި ބޭއްވި ބައްދަލުވުމުގައި މޭޔަރ ޢާޒިމް ވިދާޅުވީ ކުރިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ވެސް، ޢަމަލުކުރާނެގޮތެއް ނިންމަނީ ކައުންސިލް ތަޅުމަށް ހުށަހަޅައި، މަޝްވަރާގެ ރީތި އުސޫލުންކަމަށެވެ.
މީގެއިތުރުން މި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެކައުންސިލުން ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ އެ މަނިކުފާނާއެކު މަސައްކަތުގައި ދެމިތިއްބެވި ހީވާގި ޓީމު ކަމަށާއި، ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންނާއި ކައުންސިލްގެ ހުރިހައި ގިންތިއެއްގެ ހީވާގި މުވައްޒަފުންކަން ފާހަގަކުރެއްވިއެވެ.