ޚަބަރު ރާއްޖެ

އެމްޑީޕީގެ 'ރަން ރީނދޫ' ދުވުން ބާއްވައިފި

ރާއްޖޭގެ ސިޔާސީ އިދިކޮޅު އެންމެބޮޑު ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 'ރަން ރީނދޫ' ދުވުން ބާއްވައިފިއެވެ.

 

އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މި ދުވުން ބޭއްވީ މިއަދު ހަވީރު 5 ޖެހިއިރު، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

 

ސަލާމަތީކަންކަން ބެލެހެއްޓުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވި މި ދުވުމުގައި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޟު އިސްމާއީލާއި ޕީޖީ ލީޑަރު އިބްރާހީމް ނާޒިލްއާއި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއިރު، ޕާޓީގެ އާންމު މެމްބަރުން ވެސް ބައިވެރިވިއެވެ.

 

މި ދުވުމުގައި ނާޒިލް ވިދާޅުވީ، މިދިޔަ 20 އަހަރު ތެރޭ ޕާޓީ ދެމިއޮތީ އެމްޑީޕީގެ އާންމު މެންބަރުންގެ މަސައްކަތާ އެކީގައި ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތްތަނުގައި ޕާޓީއަށް ހީނަރުކަމެއް ނައުން ކަމަށާއި އާންމު މެންބަރުންގެ މަސައްކަތުން ޕާޓީއަށް އިތުރު ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

 


  • ރައީސް ސާލިހު
  • އެމްޑީޕީ
  • ސިޔާސީ ޕާޓީ
  • ކޮމެންޓް