ޚަބަރު ރާއްޖެ

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ލޯކަލް ގަވަރމެންޓް މިނިސްޓްރީގެ މުވައްޒަފުންނަށް

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގައި ފަށައިފިއެވެ.

 

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.

 

މިއީ މިނިސްޓަރުގެ އެދިވަޑައިގަތުމަކަށް، ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންގޮސްދެއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ހާއްސަކޮށްފައިވަނީ މިނިސްޓްރީގައި ވަޒީފާއަދާކުރައްވާ މަދަނީ މުވައްޒަފުންނަށެވެ. ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ނަމުގައި މިފެށި ޕްރޮގްރާމުގެ މިއަދުގެ ދަންފަޅި ހިނގަމުންދަނީ ސްޓެލްކޯގެ އޮޑިޓޯރިއަމުގައި ކަމަށް ވިޔަސް މާދަމާއިން ފެށިގެން ދަންފަޅިތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ އޯކިޑު މާލަމުގައާއި، މިނިސްޓްރީގެ ޕަބްލިކް ވަރކްސް ޑިޕާޓްމެންޓްގައެވެ.

 

މި ޕްރޮގްރާމުގެ ސެޝަންތައް މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ސެޝަންތައް އޮންނާނީ މެންދުރުފަހުގައެވެ. ސިޓީސް މިނިސްޓްރީން އަންނަނީ މުވައްޒަފުން ތަމްރީންކުރުމަށްޓަކައި ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.

 

 


  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް