ޚަބަރު ރާއްޖެ

އިސްލާމީ ފޮތް މައުރަޒެއް ބާއްވަނީ، ނަމަކީ މަޢުރިފާ

'މަޢުރިފާ' ގެ ނަމުގައި އިސްލާމީ ފޮތް މައުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ.

 

މިކަން ހާމަކުރައްވައި، އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މައުރަޒު އޮންނާނީ މި މަހުގެ 26 ން 28 އަށް ކަމަށެވެ. ގަޑިތަކަކީ ހަވީރު 4 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8 ން 10 ޖަހަންދެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

 

މިއީ 'ފޮތްތެރިކަން - ބުއްދީގެ ކާނާ' މި މައުޟޫއުއަށް ބާއްވާ މައުރަޒެއް ކަމަށާއި މަގުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުން ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

 

މި މައުރަޒުން 15 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު، ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބައިވެރިވާން އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

 

 


  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް