ޚަބަރު ރާއްޖެ

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް ފަށައިފި

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް ފަށައިފިއެވެ.

 

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ނެޝަނަލް ކޮލެޖް އޮފް ޕޮލިސީންގ އެންޑް ލޯ އެންފޯސްމަންޓާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ހޯމް މިނިސްޓްރީގެ ދަށުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިންގެ ސްޓްރެޓެޖިކް، އޮޕަރޭޝަނަލް އަދި އެތިކަލް ލީޑަރޝިޕްގެ ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

 

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެންޕަހުގައި އޮގަސްޓު 10 އިން ދެ ހަފުތާގެ މުއްދަތަށް 28 ބައިވެރިންނާއެކު މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ސިނާރިއޯ ބޭސްޑް އެކްސަސައިޒްތަކާއި، މަސައްކަތާ ގުޅުންހުރި އެސައިންމަންޓްތައް ހިމަނައިގެންނެވެ. އެގޮތުން ސްޓްރެޓެޖިކް ލީޑަރޝިޕް، ގަވަރނަންސް، ކްރައިސިސް ރެސްޕޮންސް، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ޕަރފޯމަންސް މެނޭޖްމަންޓް އަދި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ފަދަ މައުލޫތައް ި ޕްރޮގްރާމުގައި ހިމެނެއެވެ.

 

މީގެއިތުރުން އިދާރީ ހިންގުން ހަރުދަނާކުރުމާއި، ކޮލޮބަރޭޓިވް ޕްރެކްޓިސް އުނގަންނައިދިނުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ރީޖަނަލް އަދި އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ ސެޝަންތައް ހިމަނާފައިވެއެވެ.

 

މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯމް މިނިސްޓްރީގެ ސްޓްރެޓެޖިކް މަގުސަދުތަކާ އެއްގޮތްވާގޮތުގެ މަތިން ލީޑަރޝިޕް ސްކިލްސް ތަރައްގީކުރުމާއި އަހުލާގީ ނިންމުންތައް ނިންމުމާއި ކާރިސާތަކަށް އިޖާބަދިނުމެވެ. އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެނައުމުގައި ނިންމަންޖެހޭ ނިންމުންތަކާއި ބަދަލުތަކަށް ހޭނުމާއި، ޓެލެންޓް ޑިވެލޮޕްމަންޓާއި، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމަށް ސަމާލުކަންދީގެން މަތީ ފެންވަރުގެ ޓީމުތައް އުފެއްދުމެވެ.

 

މި ޕްރޮގްރާމްގައި ބައިވެރިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނެވެ.

 


  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)
  • އިމިގްރޭޝަން
  • ހޯމް މިނިސްޓްރީ
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް