ޚަބަރު ރާއްޖެ

އެސްއޭޓީއާރް ކައުންސިލްގެ ވާރކިންގ ގްރޫޕް މީޓިންގ ރާއްޖޭގައި ފަށައިފި

ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ވާރކިންގ ގްރޫޕް މީޓިންގ މިއަދު ރާއްޖޭގައި ފަށައިފިއެވެ.

 

މި އޮގަސްޓް މަހުގެ 12 ން 14 އަށް މި ޖަލްސާ ކުރިއަށްދަނީ ކ. މާފުށީގައި ހުންނަ ކާނި ޕާމްބީޗް ގައެވެ.

 

އޭޝިއާ ޕެސިފިކް ޓެލެކޮމިއުނިޓީ އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ މި ޖަލްސާ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލަންޑް ސިކިއުރިޓީ އެންޑް ޓެކްކޮލޮޖީ ޑރ. މުޙައްމަދު ކިނާނަތެވެ.

 

މި ޖަލްސާގައި ދެކުނު އޭޝިއާ ސަރަހައްދުގެ 8 ގައުމަކުން 30 ވަރަކަށް މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ. މިގޮތުން ރާއްޖެ، އިންޑއާ، ބަނގްލަދޭޝް، އީރާން، ބޫޓާން، ނޭޕާލް، ޕާކިސްތާނު އަދި ސްރީލަންކާ އިން ޖަލްސާގައި ބައިވެރިވެއެވެ.

 

މި ޖަލްސާގައި މަޝްވަރާކުރާނީ ސައުތު އޭޝިއާގެ ގައުމުގުތަކުގައި ޓެލެކޮމިއުނިކޭޝަންގެ އައު ހިދުމަތްތަކާއި ވަސީލަތްތައް ކުރިއެރުވުމަށެވެ. އަދި ޒަމާނީ އައު ޓެކެނޮލޮޖީތައް އެންމެއެދެވޭގޮތުގައި ބޭނުންހިފުމާއި ބެހޭގޮތުންނެވެ.

 

މި ޖަލްސާގައި ބައިވެރިވަނީ  ސައުތު އޭޝިއާގެ ޓެލެކޮމް ރެގިއުލޭޓަރީ ދާއިރާގެ އެކްސްޕަރޓުންނެވެ.

 


  • ހޯމް މިނިސްޓްރީ
  • ކޮމެންޓް