ޚަބަރު ރާއްޖެ

މިހައިތަނަށް 503 ޒުވާން ޚަތީބުން ތަމްރީނުވެއްޖެ

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ޕްރޮގުރާމު ފުރިހަމަކޮށް 269 ޒުވާން ހަތީބުން ސަނަދު ހާސިލްކޮށްފިއެވެ.

 

މި ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް ސަނަދު ހާސިލްކުރި ފަރާތްތަކަށް ސަނަދު ދިނުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދުވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހަތީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. 

 

މިއާއެކު ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ހަތީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. އެގޮތުން ފުރަތަމަ ބުރުގައި 65 ހަތީބުން އަދި ދެވަނަ ބުރުގައި 169 ފަރާތުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

 

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީން ކުރުމެވެ.

 

މިއީ ރަށްރަށަށް ދިމާވެފައިވާ ހަތީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.

 


  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް