ޚަބަރު ރާއްޖެ

ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ 3 ބިދޭސީން ހައްޔަރުކޮށްފި

ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ 3 ބިދޭސީން ހައްޔަރުކޮށްފިއެވެ.

 

މި މީހުން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ ރެއިޑުގެ ތެރޭންނެވެ.

 

އެ އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހު ޓާސްކް ފޯސް އިން ވަނީ ރއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިއީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ވަގުތީ މަސް މާރުކޭޓުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަަމަށް ވެސް ވިދާޅުވެއެވެ.

 

މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވަނީ ހާމަކުރައްވާފައެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ބިދޭސީން ހަމަމަގަށް އެޅުވުމަށް އިމިގްރޭޝަނުން އަންނަނީ ރެއިޑް އޮޕަރޭޝަންތައް މާލެއާއި އަތޮޅުތެރޭގައި ހިންގަމުންނެވެ. އަދި އެފަދަ ފަރާތްތައް ގާނޫނީ އިމުގެތެރެއަށް ވަނުމަށް ވެސް ފުރުސަތު ދޭއިރު، ބައެއް ފަރާތްތައް ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓު ވެސް ކުރެއެވެ.

 

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ކޮމެންޓް