ޚަބަރު ރާއްޖެ

ވަޒީފާގެ އިތުބާރާ ޔަގީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީ: މިނިސްޓަރ

ވަޒީފާގެ އިތުބާރާ ޔަގީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

 

އެ މަނިކުފާނު މިހެން ވިދާޅުވީ އެމިނިސްޓްރީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ހިންގި "ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް" ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

 

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މާކުރިން ހުންއަންނާނެ ކަމަށް ރަޖާލައިގެން ތިބުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އަބަދުވެސް ރަނގަޅަށް މަސައްކަތްކުރާ މީހުންނަށް އެ ފުރުސަތުތައް މެދުނުނކެނޑި ލިބެމުން އަންނަކަމަށެވެ.

 

" އެ ކަންކަން އެ މުވައްޒަފެއްގެ މައްޗަށް ހުންނަވައި ސްޕަވައިޒަރުން ވަރަށް ރަނގަޅަށް ބަލައިގަނޭ. އަބަދުވެސް ވަޒީފާގެ އިތުބާރާ ޔަގީންކަން ކަށަވަރުކޮށްދެނީ އެ މުވައްޒަފެއްގެ ކޮލިޓީން"

 

މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ޕްރޮގްރާމުގެ ފައިދާ ބައިވެރިންގެ މޫނުމަތިން މިހާރުވެސް ފެންނަމުންދާކަމަށެވެ. އަދި ހުރިހާ ގޮތަކަށް ބަލައިއިރުވެސް މި ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށެވެ.

 

ހަމަމިއާއެކު ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ހައްދަވައިދެއްވީތީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހްއަށާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޓްރޭނިންގ އިންސްޓިޓީއުޓްގެ އެންމެހައި މުވައްޒަފުންނަށް މިނިންޓަރ ޝުކުރުއަދާކުރެއްވިއެވެ.

 


  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް