ޚަބަރު ރާއްޖެ

ޒަކާތަކީ އިލާހީ ވާޖިބެއް، ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ: ޑރ. މުނީޒާ

ޒަކާތަކީ އިލާހީ ވާޖިބެއް ކަމަށާއި ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ ކަމުގައި މެލޭޝިއާގެ އިންސެފް ޔުނިވަރސިޓީގެ ޑީން ޕްރޮފެސަރު ޑރ. އާއިޝަތު މުނިޒާ ވިދާޅުވެއްޖެއެވެ.

 

އެކަމަނާ މިފަދައިން ވިދާޅުވީ ޒަކާތު އިންޓަރނޭޝަނަލް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.

 

ޑރ. މުނީޒާ ވަނީ ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއް ކަމަށާއި ޓެކްސް އިން ސަރުކާރުތައް ސަލާމަތްކޮށްދޭކަން ފާހަގަކުރައްވާފައެވެ.

 

"ޒަކާތަކީ އިލާހީ ވާޖިބެއް. ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ. ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގަން ވަކިން ހާއްސަ ގާނޫނެއް ބޭނުންވަނީ އެހެންވެ."

 

މީގެއިތުރުން ހަމައެކަނި ގާނޫނެއް ހަދައިގެން ފަރުޖެއްސެން ވެސް ނެތްކަމަށާއި ޒަކާތް ނެގުމާ ގުޅޭ ކަންކަން ބެލެހެއްޓުމަށް އައު ވިސްނުންތަކަށް ދާން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ޒަކާތުގެ ފައިސާ އޭގެ ބެހެނިވެރިންނަށް އެއްފަހަރު ބޭނުން ކުރެވޭ ގޮތަށް ޖަމާކުރުމުން އެފައިސާ ބެލެވެނީ ކުރު މުއްދަތަކަށް މީހަކަށް ހޯދައިދޭ ތަސައްލީއެއްގެ ގޮތަގައި ކަމަށް ވެސް ވިދާޅުވިއެވެ.

 

އެހެންނަމަވެސް ޒަކާތަކީ އެއަށްވުރެ ބޮޑު މަގުސަދެއް ހާސިލް ކުރެވޭނެ ފަދަ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އިންސްޓްރޫމަންޓެއްކަަމަށާއި ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އަދި ޒަމާނީ ކުރުމަށް ޓެކްނޮލީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމާއި ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކުގައި ޒަކާތުގެ ވާހަކަތައް ހިމެނުމަށް ހުށަހަޅުއްވާފައެވެ.

 

ހަމަމިއާއެކު ޒަކާތާ ގުޅޭ ކަންކަން ޑިޖިޓަލްކޮށް، ގޭބީސީތަކުގެ ފަގީރުކަން ރިއަލްޓައިމްގައި ބެލުމަށް އިންޓަރނެޓް އޮފް ތިންގްސް ބޭނުންކުރުމަށް ވެސް އެކަމަނާ ހުށަހެޅުއްވިއެވެ. އަދި އިތުރު ކެމްޕޭންތަކާއި ޒަކާތާ ގުޅޭ ކަންކަމަށް މީހުން ތަމްރީންކޮށް އިންވެސްޓް ކުރުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

 


  • ޒަކާތު ހައުސް
  • ޒަކާތް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް