ފިނިއަށި ރާއްޖެ

ލޯބިން ބަލައިލެވޭނެ ފަހު ދުވަސްތައް ގުނަން ފަށައިފި

އޮލިމްޕަސް ސިނަމާގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު 'ލޯބިން' ގެ ވަދާއީ ޝޯވތައް ދައްކަން ފަށައިފިއެވެ.

 

އައިފިލްމްސް، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ލައިޓްސް އައުޓް ޕްރޮޑަކްޝަނުން އުފައްދާފައިވާ މި ފިލްމުގެ ވަދާއީ ޝޯވތައް ރޭ ދައްކަން ފަށާފައިވާއިރު، އެންމެފަހު ޝޯވ ދެއްކުމަށް ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ.

 

މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ދައްކަމުން އަންނަ މި ފިލްމަށް ގިނަބައެއްގެ ތައުރީފު އޮހެމުން އަންނައިރު، އަތޮޅުތަކުގައި ވެސް އަންނަނީ ދައްކަމުންނެވެ. އަދި އިތުރު ރަށްތަކުގައި ދެއްކުމަށް ދައުވަތު ވެސް ދަނީ ލިބެމުންނެވެ.

 

މިއީ ރާއްޖޭގެ މުޖުތަމައުގައި ހިނގާ ނުވަތަ ހިންގާ ނޭދެވޭ އެތައްކަމެއް ދައްކުވައިދޭ އިބްރަތްތެރި ފިލްމެކެވެ. 'ހުރިހާ ރަހައެއް' ހިމަނައިގެން މޮޑެފައިވާ މި ފިލްމުގައި ވޭނާއި ކެކުޅުމާއި ހިތްދަތިކަމާއި މައިވަންތަކަމުގެ 'ދެ' ފަރާތުގެ ލޯބި ވަނީ ދައްކައިދީފައެވެ. އަދި ލޯބިން ކުރާންވީ ކަންކަމާއި ނުކުރާންވީ ނުވަތަ ކަމެއް ކުރާއިރު، ވިސްނަންވީ ކަންކަން ވެސް އަންގައިދީފާ ވެއެވެ.

 

ހަމަމިއާއެކު އުފާވެރި ދިރިއުޅުމަކަށް 'ލޯބިން' ހޯދޭނީ ކިހިނެއްކަމާއި ހަށިވިއްކުމާއި ގެވެށި އަނިޔާއާއި ބްލެކްމޭލް ކުރާ ފަރާތްތަކުގެ ދަންތޫރާގައި ޖެހެން ގިނަފަހަރަށް މެދުވެރިވާ ސަބަބުތައް ވެސް ދައްކުވައިދެއެވެ.

 

އދ. ދަނގެއްޗާއި ނ. ކެނދިކުޅުދޫ އަދި މާލޭގައި ކުޅެފައިވާ މި ފިލްމުގެ ޓިކެޓު ހޯދުމަށް 7242555 އަށް ވައިބަރ ކުރުމުން ހަމަޖެހޭނެއެވެ.

 

 

 


  • އައިފިލްމްސް
  • ކޮމެންޓް