'މަޢުރިފާ'ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ބާއްވާ ފޮތް މައުރަޒު ފަށައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8 ން 10 ޖަހަންދެން މި މއުރަޒު ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މައުރަޒު "ފޮތްތެރިކަން - ބުއްދީގެ ކާނާ' މި މައުޟޫއުއަށް ބާއްވާއިރު، މިއީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މައުރަޒެކެވެ.
މި މައުރަޒުން ޖާގަ ދީފައިވަނީ އެކަމަށް އެދި ހުޅުވާލި ފުރުސަތުގައި އެންމެން ކުރިން ފޯމު ހުށައެޅި ފަރާތްތަކުގެ ތަރުތީބުންނެވެ. މި މައުރަޒުގައި ތަފާތު އެކި ވައްތަރުތަކުގެ ފޮތްތައް ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ.