ޚަބަރު ރާއްޖެ

ޑރ. ޕެޕާ ސޮފްޓް ޑްރިންކްސް ރާއްޖޭގައި ވިއްކާ، ބޭނުންކުރުން މަނާކޮށްފި

ޑރ ޕެޕާ ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

 

އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވަނީ އެ ބުއިން ނުވިއްކުމަށާއި ބޭނުންނުކުރުމަށް ވެސް އެދިފައެވެ.

 

އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ" ސޮފްޓް ޑްރިންކްސް އާ ގުޅޭގޮތުން އެ އޮތޯރިޓީން ބުނީ އޭގައި ހުންނަންޖެހޭ މިންވަރަށް ވުރެ "ބެންޒޮއިކް އެސިޑް" އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށާއި ނައްތާލުމަށް ވަނީ އަންގާފައެވެ.

 

އެމްއެފްޑީއޭ އިން އިތުރަށް ބުނީ މި އުފެއްދުން ރާއްޖެއަށް ވެސް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއަށް ހިއްސާކޮށްފައިވާކަމަށެވެ.

 


  • އެމްއެފްޑީއޭ
  • ކޮމެންޓް