ޚަބަރު ރާއްޖެ

9 އަތޮޅެއްގެ އިމާމުންނާއި ހަތީބުން ތާޒާކުރުމަށް ބޭއްވި ތަމްރީނު ނިމިއްޖެ

9 އަތޮޅެއްގެ އިމާމުންނާއި ހަތީބުން ތާޒާކުުރުމަށް ބޭއްވި ތަމްރީން ޕްރޮގުރާމު ނިންމާލައިފިއެވެ.

 

މިފަހަރުގެ ތަމްރީން ޕްރޮގުރާމުގައި ބާއްވާފައިވަނީ ށ، ނ، ރ، އއ، އދ، ވ، މ، ތ އަދި ލ. އަތޮޅުގެ އިމާމުންނާއި ހަތީބުންނަށް ހާއްސަ ކޮށްގެންނެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި މި 9 އަތޮޅުން 242 އިމާމުންނާއި ހަތީބުން ވަނީ ބައިވެރިވެފައެވެ.

 

މި ޕްރޮގުރާމު ނިންމާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

 

އިމާމުންނާއި ހަތީބުން ތާޒާކުރުމުގެ ޕްރޮގުރާމަކީ އިސްލާމިކް މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގުރާމެއްކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ވެސް އިމާމުންނާއި ހަތީބުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ވެސް ސަރުކާރުން ދަނީ ހޯދައިދެމުންނެވެ.

 


  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް