ޚަބަރު ރާއްޖެ

ގްރީން ޒޯންގައި މުޒާހަރާ ކުރުން ގާނޫނާ ހިލާފު: މިނިސްޓަރ

ގްރީން ޒޯންގައި މުޒާހަރާ ކުރުމަކީ ގާނޫނާ ހިލާފުކަމެއް ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިހްސާން ހަނދާންކޮށްދެއްވައިފިއެވެ.

 

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލާ ގުޅިގެން އިއްޔެ ނޫސްވެރިން ކުރި މުޒާހަރާގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

 

މިނިސްޓަރު ވިދާޅުވީ ނޫސްވެރިން މުޒާހަރާ ކުރީ ގްރީން ޒޯންގައި ކަމަށާއި އެގޮތުން ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކުރިމަތީގައި ނޫސްވެރިން މުޒާހަރާކުރިކަން ވަނީ ފާހަގަކުރައްވާފައެވެ.

 

މުޒާހަރާކުރި ނޫސްވެރިން އެ ސަރަހައްދުން ދުރައްޖެއްސީ ނަސޭހަތްދީ، އިންޒާރު ދިނުމަށްފަހު އެ ކަންކަމަށް އިޖާބަ ނުދިނުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 


  • ނޫސްވެރިން
  • ހޯމް މިނިސްޓްރީ
  • ކޮމެންޓް