ޚަބަރު ރާއްޖެ

ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދުވަނީ ބޭނުންވެފަ: އާދަމް ޝަރީފް

ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުޅުއްވަނީ ވަރަށް ސާދާކޮށް ކަމުގައި ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

 

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ރައީސް މަގުމަތިން ހިންގަވާފައި ވަޑައިގަންނަވާއިރު، ދިމާވާ އެކި އުމުރުފުރައިގެ މީހުންނާއި ކުޑަކުދިންނާ ބައްދަލު ކުރައްވައި، ސަލާންގަލާން ކުރައްވައި، ހާލުއަހުވާލު އައްސަވައެވެ. އަދި އެއީ ރާއްޖޭގެ ގިނަ ބަޔަކު ވަރަށް އުފާވާ އަދި މަދުން ނޫނީ ނުފެންނަ ސިފައެއް ކަމަށެވެ.

 

އެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވާ ނޫސްވެރިކަމުގެ ތަސައްވުރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް މަދުނޫން ކަމަށެވެ. އަދި ބަދަލުހިފުމާއި، ޒާތީ ތައައްސުބުން ދުރުހެލިވެ، ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު ބޭނުންވެފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

 

މީގެއިތުރުން މިގައުމަށް ސަހަރޯވެރިވެ، ގައުމު ހަމަމަގަށް އަޅުވަން ތިބޭނީ ދިވެހި ރައްޔިތުންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 


  • ނޫސްވެރިން
  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް