ޑާކް ރެއިން އެންޓަރޓެެއިންމެންޓުން ނެރުމަށް ނިންމާފައިވާ ދިވެހި ފިލްމު 'އަލިފާން' ގެ ޕޯސްޓަރު ދައްކާލައިފިއެވެ.
އަންނަ އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރުމަށް ތާވަލުކޮށްފައިވާ މި ފިލްމުގެ ޕޯސްޓަރުގައި ޝީލާ ނަޖީބު, މުޙައްމަދު ފައިސަލް, ރަވީ ފާރޫގް އަދި ޝަރަފުއްދީން (ޝަރައްޕެ)، އަލީފް، މައިހާ، ރިޒްވީމ ހާޒިފް އަދި ޖޭމު އައްލޯގެ ފޮޓޯ ވަނީ ހިމަނާފައެވެ.
އެހެންކަމުން މިއީ އަލިފާނުގައި އެންމެ އިސްދައުރުއަދާކުރާ ތަރިންކަމަށް ބެލެވެއެވެ. މި ޕޯސްޓަރުގައި ހުރިހާ ތަރީންގެ ފޮޓޯގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. އަދި ރަވީގެ ކޮނޑުމައްޗަށް ދަނޑިބުރިއެއް ލައިގެން ހުންނައިރު، ޝަރަފުގެ އަތުގައި ވަޅިއެއް، ފައިސަލްގެ އަތުގައި ބޮޑު ސުއްޓާއެއް އޮވެއެވެ.
މީގެއިތުރުން ވަަރަށް ރުޅިގަދަވެފައި ވަނިކޮށް ޝީލާ ދައްކާއިރު، ޕޯސްޓަރުން ވެސް ފިލްމުގެ ހައިބަތު ދައްކާދީފައި ވެއެވެ. އަދި ޝައުގުވެރިކަން އިތުރުކުރުވައެވެ.
ޑާކް ރެއިން އިން ވަނީ އެމްއެސްޕީއޭ އިން މިފަހުން ބޭއްވި ފިލްމު އެވޯޑްސްގައި އެންމެ ގިނަ އެވޯޑް ހޯދާފައެވެ.