އިމިގްރޭޝަން އިންސައިޓްސްގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމްގެ އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރ އަލީ އިޙްސާންއެވެ.
އިމިގްރޭޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މި ޕްރޮގްރާމުގެ ބޭނުމަކީ އިމިްގރޭޝަނުގެ ޚިދުމަތްތަކުގެ މައުލޫމާތު އާންމު ރައްޔިތުންނަށާއި ބޭރު މީހުންނަށް ފަސޭހައިން ލިބޭނެ ގޮތްތައް އޮޅުން ފިލުވުމެވެ.
"އިމިގްރޭޝަން އިންސައިޓްސް" ނަމުގައި އިފްތިތާޙުކުރި ޕްރޮގްރާމަކީ ވެސް މިކަމުގެ ބައެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ އިމިގްރޭޝަންގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މައުލޫމާތުތައް ތަފްސީލާއެކު އާންމުންނަށް ފޯރުކޮށްދިނުމެވެ.
މިއީީ ޕޯސްޓެއް ނުވަތަ ކުރު ވީޑިއޯއެއްގެ ގޮތުގައި ގެނައުމަށް ނިންމަފައިވާ ޕްރޮގްރާމެކެވެ. އަދި މި ވީޑިއޯތައް މެދުވެރިކޮށް އިމިގްރޭޝަން އޮފިސަރުން ތަފްސީލުކޮށް މައުލޫމާތުތައް ފޯރޮކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަހުން ފެށިގެން މި ޕްރޮގްރާމް ފެށިގެންދާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެ އިދާރާ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން އައު 3 ކެމްޕޭނެއް މިހާރުވެސް ވަނީ ފަށާފައެވެ. އެއީ ހިނިތުންވުމާއެކު ހިދުމަތްދިނުން، ނަޒާހާތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ.
އިންސާނިއްޔަތުކަން ދެމެހެއްޓުން ކެމްޕޭނުގައި ބޮޑަށް އަލިއަޅުއްވާލައްވާނީ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިހުތިރާމާއި، ހަމަހަމަކަމާއި، ގަދަރުވެރިކަމާއެކު މުއާމަލާތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.