ޚަބަރު ރާއްޖެ

މާދަމާ ރޭ ހަނދުކޭތައެއް ހިފަނީ، ކޭތަ ނަމާދުކުރުން އޮންނާނެ

މާދަމާ ރޭ ހަނދުކޭތައެއް ހިފާތީ ކޭތަ ނަމާދުކުރުން އޮންނާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

 

އެ މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުން އޮންނާނެ ކަމަށެވެ. ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:20 ގައި ކަމަށާއި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 11:11 ގައި ކަަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

 

މީގެއިތުރުން ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 1:55 ގައި ކަމަށާއި އެހެންވެ، ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު މާދަމާ ރޭ 11:12 ގައި ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

 

އެ މިނިސްޓްރީން ވިދާޅުވީ މާލޭގައި ކޭތަނަމާދުކުރާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި ހުޅުމާލޭގައި ކޭތަ ނަމާދު ކުރާނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައިކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ.

 

އާދިއްތަ ދުވަހުގެ ރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފުރިހަމައަށް ފެންނާނެއެވެ. ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

 


  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް