ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސީނާ އިބްރާހިމް އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުންގެންދަވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް މައުމޫނުގެ އޮފީހާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެކަމަނާ ފަރުވާ ހޯއްދަވަމުން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ. އަދި ގެންދަވަނީ އިންފެކަޝަނަކަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ.
އުމުރުފުޅުން 75 އަހަރުފުޅުގެ މެޑަމް ނަސްރީނާ ފާއިތުވި ހަފްތާއިން ފެށިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުންދާއިރު، އެކަމަނާގެ ހާލުކޮޅު ރަނގަޅުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރައީސް މައުމޫނުގެ އޮފީހުން ވަނީ މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ އޯގާތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެހެނިހެން މުވައްޒަފުންނާއި އެކަމަނާ އާލާސްކަންފުޅާ އުޅުއްވާތީ އަވަސް ޝިފާއަކަށް އެދި ދުޢާ ކުރައްވާ ފަރާތްތަކަށް ވެސް ވަނީ ޝުުރު އަދާކުރައްވާފައެވެ.