ޚަބަރު ރާއްޖެ

އިހަވަންދޫގައި އެމް.އެން.ޔޫގެ އައުޓްރީޗް ކެމްޕަހެއް ގާއިމުކުރަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި އިހަވަންދޫ ކައުންސިލްގެ ފަރާތުން ހއ. އިހަވަންދޫގައި އައުޓްރީޗް ކެމްޕަަސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

 

މި އެއްބަސްވުމުގައި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް، އަހްމަދު ސޮބާހްއެވެ.

 

ގިނަ އަދަދެއްގެ ދިވެހި ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި އަތޮޅު ތެރޭގައި މަތީ ތައުލީމު ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާކަމެކެވެ.

 

އެގޮތުން އެމް.އެން.ޔޫގެ ފަރާތުން ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމުކުރެވޭ މިފަދަ ކެމްޕަސްތައް މެދުވެރިކޮށް މަތީ ތައުލީމާއި ތަމްރީނު ހާސިލުކޮށް، ގައުމު ބިނާކުރާނެ ޒުވާނުންތަކެއް އުފެދިގެންދާނެއެވެ.

 


  • ހއ. އަތޮޅު
  • އެމްއެންޔޫ
  • ކޮމެންޓް