ޚަބަރު ރާއްޖެ

ދަތުރުފަތުރުގެ ހިދުމަތް ފަސޭހަކުރުމަށް ޓްރާންސްޕޯޓާއި ފުވައްމުލައް ސިޓީ ކައުންސިލުން ފަހުމުނާމާއެއް!

ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

 

މި ފަހުމުނާމާގައި ސޮއިކުރެއްވުމުގެ ކުރިން، ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވާ ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު، މިނިސްޓަރު ވިދާޅުވީ ފުވައްމުލަކު އެއަރޕޯޓުގެ ހިދުމަތްތައް ފުޅާކުރުމާއި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

 

މީގެއިތުރުން މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ކަމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްގީއަށް މަގުފަހިވެގެންދާނެކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

 


  • ފުވައްމުލައް ސިޓީ ކައުންސިލް
  • ފުވައްމުލައް ސިޓީ
  • ޓްރާންސްޕޯޓު މިނިސްޓްރީ
  • ކޮމެންޓް