ޚަބަރު ރާއްޖެ

ބިލެތްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކޮށްދިނުމަށް ރައީސް އަށް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

 

އެރަށު ސްކޫލްގައި ކުރިއަށްދިޔަ މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުން، ރައްޔިތުން އެދޭގޮތަށް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ބިންހިއްކުމުގެ މަޝްރޫއު އަވަސް ކޮށްދެއްވުމަށާއި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ.

 


  • ފ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް