ޚަބަރު ރާއްޖެ

ޒުވާން ހަތީބުންނަށް 'އިސްލާމިކް ލީޑަރޝިޕް' ވޯކްޝޮޕެއް!

ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން 'އިސްލާމިކް ލީޑަރޝިޕް' ވޯކްޝޮޕް މިއަދު ފަށައިފިއެވެ.

 

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މި ވޯކްޝޮޕަކީ ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމާއި އިސްލާމީ ލީޑަރޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިއްވަރުދީ ދާއިރާއާއި ގުޅޭ ދީނީ މުހިއްމު މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދެވޭ ދެ ދުވަހުގެ ވޯކްޝޮޕެކެވެ. 

 

އެކި ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި ތަފާތު މުހިއްމު މައުޟޫއުތަކަށް ދަންފަޅިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިސްލާމީ އަޤީދާ، އިސްލާމްދީނާއި މިސްކިތްދެކެ ލޯބިވުން ހިމެނެއެވެ.

 

މީގެއިތުރުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން، ލީޑަރޝިޕް އެންޑް މެނޭޖްމެންޓް އިން އިސްލާމް، ޙައްދުފަހަނައެޅުން، އިސްލާމީ ތާރީޚުން ހޮވާލެވިފައިވާ ބައެއް ލީޑަރުން ވެސް ހިމެނެއެވެ. އަދި އިމޯޝަނަލް އިންޓެލިޖެންސް އިން ލީޑަރޝިޕް، ރުޅި ކޮންޓްރޯލްކުރުމާއި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުމާއި ސްޓްރެޓެޖިކް މެނޭޖްމެންޓް ފޯ ދަޢުވާ އެންޑް ލީޑަރޝިޕް ވެސް ހިމަނާފައި ވެއެވެ.

 

މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވަނީ އިސްލާމިކް މިނިސްޓްރީގެ ދީނީ ޢިލްމުވެރިންނެވެ. މި ވޯކްޝޮޕުގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވެއެވެ.

 


  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް