ޚަބަރު ރާއްޖެ

ފީއަލީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް

ފ. ފީއަލީގައި އައު މިސްކިތެއް ބިނާ ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

 

މިކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުއެވެ.

 

އެރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

 

މި މިސްކިތް ނިމޭއިރު، މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ވެސް ހިމެނޭނެއެވެ.


  • ފ. އަތޮޅު
  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް