ކޮޅުމަޑުލުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތް ފަށައިފިއެވެ.
މި ހިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެވެ.
އެމްޓީސީސީގެ މި ހިދުމަތާއެކު އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި މި ހިދުމަތް ފޯރުކޮށްދޭނެއެވެ. އަދި މިއާއެކު ރާއްޖޭގެ 12 އަތޮޅެއްގެ 94 ރަށް އާރްޓީއެލް ފެރީގެ ހިދުމަތުން ގުޅާލެވުނީއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން ފޯރުކޮށްދެމުން އަންނަ މި ހިދުމަތް ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ.