ޚަބަރު ރާއްޖެ

ވޭމަންޑު އަށް ފީފާ ސްޓޭންޑަރޑްގެ ފުޓުބޯޅަ ދަނޑެއް!

ތ. ވޭމަންޑޫގައި ފީފާ ސްޓޭންޑަރޑްގެ ފުޓުބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަސައްކަތް ވެސް އަހަރުގެ ކުރީކޮޅު ފައްޓަވައިދެއްވާނެކަމުގައެެ. އަދި ކުޑަކުދިންނަށް ހާއްސަ އެކަށީގެންވާ ފެންވަރުގެ ޕާކެއް ތަރައްގީކޮށްދެއްވާނެކަމުގައި ވެސް ވިދާޅުވިއެވެ.

 

ހަމަމިއާއެކު ސިއްހީ ގޮތުން ވޭމަންޑޫއަށް ގެނެސްދެއްވާ ތަރައްގީގެ މައްޗަށް އަލިއަޅުވާލައްވާ ވަނީ އަލަށް ތަރައްގީކުރާ 50 އެނދުގެ ހޮސްޕިޓަލުގެ ކަންކަން ފުރިހަމަވުމާ ހިސާބަށްވެސް، މިހާރުން މިހާރަށް ކޮށްދެއްވާނެ ކަންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

 

ހަމަމިއާއެކު ކޮޅުމަޑުލުގައި ވެސް އާރް.ޓީ.އެލް ފެރީގެ ހިދުމަތް ފަށާފައިވާތީ، ވިދާޅުވީ މިއީ މުޅި އަތޮޅަށް މުހިންމުވެފައި އޮތް ހިދުމަތެއް ކަމަށެވެ. އަދި މަސައްކަތްކުރައްވަމުން ގެންދަވަނީ ވައުދުވެވަޑައިގެންފައިވާ ގޮތަށް، ތަރައްގީގެ ރާޑަރަށް ކޮޅުމަޑުލު އެރުވުމަށް ކަމަށެވެ.

 

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ޚިދުމަތް ދެވެން ފެއްޓެވުމާއެކު، ކޮޅުމަޑުލުގެ ނެޓްވަރކްއަށް ވެސް އިތުރުކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ފޮނިމީރުކަން، އަތޮޅުގެ ރައްޔިތުންނަށް ގެނެސްދެއްވުމަށްޓަކައި ވުނޭރުންނަށް ބޮޑެތި ލުއިތަކާއެކު އަދުގެ ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ މަގުތަކަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

 

އެ އަތޮޅުގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށގީވެސް މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ ވިދާޅުވީ ނުނިމި، އަހަރުތަކެއް ފާއިތުވެފައިވާ ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އިމާރާތުގެ މަސައްކަތްތައް 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމަވައިދެއްވާނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ލަރނިންގ ސެންޓަރެއް ރަށުގައި ތަރައްގީކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

 


  • ތ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް