ޚަބަރު ރާއްޖެ

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޯބަރ 4 ގެ ނިޔަލަށް

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

 

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަންގައި 7 މެމްބަރުން ތިއްބަވައެވެ. އޭގެ ތެރެއިން ތިން މެމްބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާއިރު، ދެން ތިބޭ 4 މެމްބަރުންނަކީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުން އިންތިހާބުކުރާ މެމްބަރުންނެވެ.

 

އިިލެކްޝަނުން ހުޅުވާލާފައި ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރަކު ހޯދުމަށެވެ.

 

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވުމާއި ކަމާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާނުކުރާ މީހަކަށްވުން ޝަރުތުކޮށްފައިވެއެވެ.

 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އަންނަ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށް އޮންނާނެ ކަމަށެވެ. މި ކޮމިޝަނަށް މެމްބަރުން ހޮވުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް މާލޭގައެވެ.

 

 


  • އެމްއެމްބީސީ
  • ބްރޯޑްކޮމް
  • އިލެކްޝަންސް ކޮމިޝަން
  • އެމްއެމްސީ
  • ކޮމެންޓް