ތ. ގުރައިދޫގައި ސެނަހިޔަ ހައިޕަރބެރިކް ސެންޓަރ ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ސެނަހިޔަ ހައިޕަރބްރިކް ސެންޓަރުގައި ބެހެއްޓިފައިވާ ހައިޕަރބްރިކް ޗެމްބަރއަކީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން އެމްއެންޑީއެފަށް ލިބިފައިވާ ޗެމްބަރއެކެވެ. މިއީ ޑައިވްކުރުމުގައި ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަ މި ސެންޓަރުގެ ސަބަބުން ދިވެހި މަސްވެރިންނަށާއި ޑައިވަރުންނަށާއި ފަތުރުވެރިންނަށް ޑައިވްކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތަކަށް ފަރުވާ ދިނުމަށް ބޭނުން ހިފޭނެއެވެ.
މިއީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ހުޅުވި ފުރަތަމަ ހައިޕަރބެރެކް މެޑިކަލް ހިދުމަތްދޭ ސެންޓަރެވެ.