ޚަބަރު ރާއްޖެ ވިޔަފާރި

އެސްޓީއޯ އިން އެލްޖީ ޓީވީ ތައާރަފްކޮށް ވިއްކަން ފަށައިފި

އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީ ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ.

 

މި ބްރޭންޑް ތައާރަފްކޮށްފައިވަނީ 28 ސެޕްޓެމްބަރ ވީ އާދިއްތަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

 

އެސްޓީއޯއިން މި ބްރޭންޑް ތައާރަފްކުރުމާއި އެކު 'އެލްޖީޓީވީ އިންޓްރޮޑިއުސިންގ އޮފަރ' ގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެލްޖީ ޓީވީ ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

އެގޮތުން މި އޮފަރގެ ދަށުން ވިއްކާ އެލްޖީ ޓީވީތަކުން 10 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި އޮފަރ ގެ ދަށުން ޓީވީ ބައްލަވައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 9 އޮކްޓޯބަރ އެވެ.  

 

އެލްޖީ ބްރޭންޑުގެ ޓީވީއަކީ އާއްމުންގެ މެދުގައި މަޝްހޫރު އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.

 


  • އެސްޓީއޯ
  • ކޮމެންޓް